ޚަބަރު

ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެ

ރިފާ ހަލީލު

ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ (ދެވަނަ ފިޔަވަހި)ގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެއެވެ.

ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ 93 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ތާރުއެޅުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށް ބުންޏެވެ.

ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 17،790 އަކަ މީޓަރުގެ ނުވަ މަގެއް ހެދުމާއި 6،923 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި 17،790 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުން ހިމެނެއެެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުބަތި ހަރުކުރުމާއި ޓްރެފިކް ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ދުވާފަރު މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 37.8 މިލިއަން ރުފިޔާއަށެވެ.