މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށްޖެހޭ އަދަދަކީ 3،000 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެންމެ ފަހުން ހުޅުވާލުމުން ރަޖިސްޓްރީވެފައި ވަނީ 8،959 މީހުން ކަމަށެވެ. މުދަލު ޒަކާތުން ބެހެނިވެރިންގެ ބޮލަކަށް ޖެހޭ އަދަދު ކަނޑައަޅާފައި ވަނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވި މީހުންގެ އަދަދަށް ބަލައިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިއަހަރު މުދަލުގެ ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 26.9 މިލިއަން ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ދޫކުރީ މި އަހަރު ކަމަށެވެ.