ޅ. ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ނިމިއްޖެއެވެ.

ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަޕްޑޭޓް ދެމުން އެމްޓީސީސީން މިއަދު ބުނީ މިހާރު ކުރިއަށްދަނީ އެރަށު ހާބަރުގެ ޕޭވްމަންޓްގެ ކާސްޓިން މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 3.2 ހެކްޓަރުގެ ބިން ހިއްކުމާއި 65,170.76 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 421 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުން ހިމެނެއެވެ. އަދި 123.9 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 170.55 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މި މަޝްރޫއުގެ އަގަކީ 99.52 މިލިއަން ރުފިޔާއެވެ.