އަންނަ ޖުލައި މަހުން ފެށިގެން ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ނިންމައިފިއެވެ.
އެމްޕީއެލްއިން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ، ރީޖަނަލް ޕޯޓްސްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމީ، އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް މުވައްޒަފުންނާއެކު އިއްޔެ ބޭއްވި ބޯޑު ބައްދަލުވުމުގައި ކަމަށެވެ.
އެ ބޯޑު ބައްދަލުވުމުގައި ވަނީ، އެ ކުންފުނީގެ ޕޮލިސީތަކެއް ފާސްކޮށް، ރީޖަނަލް ޕޯޓުތަކުގެ އޯގަނައިޒޭޝަނަލް ސްޓްރަކްޗަރަށް ގެންނަ ބަދަލުތަކާ ބެހޭގޮތުން މުވައްޒަފުންނަށް މައުލޫމާތުދީ، މުވައްޒަފުންގެ ސުވާލުތަކަށް ޖަވާބުދީފައެވެ.
އެމްޕީއެލުން ބުނީ، އެ ކުންފުނީގެ ރިޓަޔަރމަންޓް ޕޮލިސީއަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައި ކަމަށާއި، އެގޮތުން އާލީ ރިޓަޔަމަންޓްގެ ގޮތުގައި ރިޓަޔާކުރާނީ 65 އަހަރުވުމުން ކަމަށެވެ.
ކުންފުނީގެ މުވައްޒަފުންނަށް މާލީ އެހީ ދޭ ސިޔާސަތާއި ކޯޑް އޮފް ކޮންޑަކްޓާއި އިތުރު ސިޔާސަތުތައް ވެސް އެ ކުންފުނީގެ ބޯޑުން ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު