މި އަހަރުގެ ހައްޖު މިޝަންގައި ހިމެނޭ ބޭފުޅުން ސައުދީ އަރަބިއްޔާއަށް ފުރައިފިއެވެ.
މިއަހަރުގެ ހައްޖު މިޝަންގައި ހިމެނިވަޑައިގަންނަވަނީ އިސްލާމިކް މިނިސްޓްރީގެ ފަސް ބޭފުޅުންނެވެ.
ރާއްޖެއިން ހައްޖަށްދާ މީހުންގެ ކަންކަން ދިވެހި ސަރުކާރުގެ ފަރާތުން ބެލެހެއްޓެވުމަށްޓަކައި ކޮންމެ އަހަރަކުވެސް ސަރުކާރުން އެކަމަށް ހާއްސަ މިޝަނެއް އެކުލަވާލައްވައެވެ. އެ މިޝަނުން ސައުދީގައި ގާއިމުވެ، ރާއްޖެއިން އެ އަހަރަކު ހައްޖުގެ އަޅުކަން އަދާކުރަންދާ ހާޖީންނަށް އެހީތެރިކަން ފޯރުކޮށްދީ ރަސްމީ އިންތިޒާމުތައް ހަމަޖައްސައިދޭނެ އެވެ.
އެގޮތުން މިއަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.
މިއަހަރު ހައްޖަށް ހައްޖާޖީން ފުރަން ފަށާނީ މިމަހުގެ 26 ވަނަ ދުވަހުގެ ރެއިން ފެށިގެންނެވެ. މިފަހަރު ހައްޖާޖީން ފުރަން ހަމަޖެހިފައިވަނީ ތިން ފްލައިޓެއްގައެވެ. އެއީ މިމަހުގެ 26 ވަނަ ދުވަހާއި، 29 ވަނަ ދުވަހާއި، ޖުލައި މަހުގެ ދެ ވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު