ހެންވޭރު ގެއެއްގައި ލިފްޓަށް އެރި އަންހެނަކަށް ފިރިހެނަކު ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ، އެ އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ލިފްޓަށް އެރި ވަގުތު ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ބުންޏެވެ.