ނުވަ މީހުންނާއެކު ދަތުރުކުރި ސަފާރީއެއްގައި ރޯވެ އަނދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ މިރޭ 10:51 ހާއިރު ކ. ގާފަރާ ދިމާލުން 13 މޭލު ހުޅަނގުން، ނުވަ މީހުންނާ އެކު ދަތުރު ކުރި "އަވި" ނަމަކަށް ކިޔާ ސަފާރީއެއްގައި ރޯވެ އަނދަމުންދާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ސަފާރީ އުޅަނދުގެ ކްރޫއިންނާއި ފަސެންޖަރުން ތިބީ ސަފާރީގެ ޑައިވިން ދޯނީގައި ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށެވެ. އަދި ޑައިވިން ދޯނީގައި ތިބި މީހުން މިހާރު ކޯސްޓްގާޑްގެ ސީއެމްބިއުލާސްގެ އެހީތެރިކަމާއެކު ގާފަރަށް ދަތުރުކުރަމުންދާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެކަމުގެ މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ފަޔަރު ލޯންޗަކާއި ހާބާކްރާފްޓަކާއި އަދި ސީ އެމްބިއުލާންސްއެއް، އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު