ހުޅުމާލޭ ނިރޮޅުމަހުގައި ހުންނަ ހުންނަ ރެސްޓޯރެންޓެއްގެ ތެރޭގައި ވަޅިން ހަމަލާދީ މީހަކު މަރާލި މައްސަލައިގައި ހައްޔަރުކުރި ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އާބިދު (26އ)ގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ޕްރޮސިކިއުޓާ ޖެެނެރަލް އޮފީހުން ކްރިމިނަލް ކޯޓުގައި ކޮށްފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، 16 އެޕްރީލް 2022 ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ނިރޮޅުމަގު 19 ނަންބަރު ގޯޅިގައި ހުންނަ ހާންޖީ ރެސްޓޯރެންޓްގެ ބަދިގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އާބިދުގެ މައްޗަށް، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އިއްޔެ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަަށެވެ.
މި ކުށުގެ އަދަބަކީ މަރުގެ އަދަބެވެ.
ނަމަވެސް މަރުގެ އަދަބު ތަންފީޒު ކުރުމުގެ ކުރިން އެއްވެސް މަރުހަލާއެއްގައި، މަރާލާފައިވާ މީހާގެ ވާރިސުން، ކުށް ސާބިތުވާ މީހާގެ އަތުން ނުވަތަ އޭނާގެ އަސަބަތްތެރިންގެ އަތުން މަރުގެ ދިޔަ ހޯދައި، މައާފު ދީފިނަމަ، ނުވަތަ މަރުގެދިޔަ ހޯދުމަކާ ނުލައި މައާފު ދީފިނަމަ، މަރަށް މަރު ހިފުމަކާ ނުލައި އޭނާގެ މައްޗަށް ތައުޒީރީގިތުން އުމުރަށް ޖަލަށް ލުމުގެ އަދަބު ކަނޑައަޅާނެއެވެ.
ޚަބަރު
ޚަބަރު