ޚަބަރު

އިންޑިއާއިން ރާއްޖެއަށް 520 ޓަނުގެ ހަކުރު ވިއްކަން ނިންމައިފި

މުހައްމަދު އިޝާން

އިންޑިއާއިން ރާއްޖެއަށް 520 ޓަނުގެ ހަކުރު ވިއްކަން ނިންމައިފިއެވެ.

އިންޑިއާގެ ޑިޕާޓްމެންޓް އޮފް ފުޑް އެންޑް ޕަބްލިކް ޑިސްޓްރިއުބިޝަނުން މިއަދު ބުނީ، ރާއްޖެއަށް 520 ޓަނުގެ ހަކުރު ދޫކުރުމަށް ނިންމާފައިވަނީ ބައިލެޓްރަލް ޓްރޭޑް އެގްރީމެންޓްގެ ދަށުން ކަމަށެވެ. އަދި އެގޮތަށް ނިންމާތާ 90 ދުވަހުގެ ތެރޭގައި ރާއްޖެއަށް ހަކުރު ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.

އިންޑިއާ ސަރުކާރުން މިދިޔަ މަހުގެ ތެރޭގައި ވަނީ އެ ގައުމުން ހަކުރު އެކްސްޕޯޓް ކުރާ މިންވަރު ލިމިޓްކޮށްފައެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު 1981 ވަނަ އަހަރު ސޮއިކޮށްފައިވާ ވިޔަފާރީގެ ގުޅުންތަކާ ބެހޭ އެއްބަސްވުމުގެ ދަށުން، ކާޑުގެ ބާވަތްތައް 2019 ވަނަ އަހަރުން ފެށިގެން ގެންނަނީ ރާއްޖެއިން ބޭނުންވާ މިންވަރަށް ކޯޓާ ކަނޑައަޅައިގެންނެވެ.

މި ސަރުކާރު އައި ފަހުން، ކާޑުގެ އިތުރުން އެހެން ކާބޯތަކެތީގެ ކޯޓާ އިންޑިއާއިން ވަނީ އިތުރުކޮށްދީފައެވެ.

އިންޑިއާ ސަރުކާރުން ވަނީ މިދިޔަ މަހުގެ ތެރޭގައި އެގައުމުން ގޮދަންފުށް އެކްސްޕޯޓުކުރުން މަނާކޮށްފައެވެ. ނަމަވެސް އިންޑިއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ގޮދަށްފުށާއި އެހެނިހެން ކާޑުގެ ބާވަތްތައް އެގައުމުން އެކްސްޕޯޓު ކުރާނެއެވެ.