ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓުތަކަށް ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ މަސައްކަތުގެ ތެރެއިން ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.
ސްޓެލްކޯގެ ފުލެޓުތަކުގައި އެކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ނިންމާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައެވެ.
ސްޓެލްކޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެކުންފުނީގެ ސްޓާފް ހައުސިން ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ސްޓެލްކޯ ހިޔާގެ ދެ ޓަވަރަށް އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ނިންމި ނިންމުމާ އެއްގޮތަށް ކަރަންޓު ދިނުމަށްޓަކައި ބަހައްޓަންޖެހޭ ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރަން ފެށި ސްޓެލްކޯގެ ފްލެޓްތަކުގެ ދެ ޓަވަރުގައި 360 ފްލެޓް ހަދާފައިވާ އިރު، އެތަނުގެ 95 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ.
ނަމަވެސް ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓުތަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމު ގުޅުމުގެ ކަންކަން އެޗްޑީސީން ހަވާލުކޮށްފައިވާ ޗައިނާގެ ބްރައުންސް-ސީއެމްއީސީ އިން އެ ފްލެޓުތަކަށް ކަރަންޓު ލާފައެއް ނުވެއެވެ. އެޗްޑީސީން މީގެ ކުރިން ބުނި ގޮތުގައި އެ ފްލެޓުތަކަށް ކަރަންޓު ދެވޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ސްޓެލްކޯގެ ފްލެޓްތަކުގެ ހިމެނެނީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓްތަކެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު