އެވިޑު ކޮލެޖުން އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ހިލޭ އައިޓީ ކޯސްތަކެއް ބާއްވަން ނިންމައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ކޮވިޑް އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން ހިންގާ ތަމްރީނު ޕްރޮގްރާމުތަކުގެ ތެރެއިން، އައިޓީ ދާއިރާގެ ކޯސްތަކެއް ހިންގުމަށް އެވިޑް ކޮލެޖުން އިކޮނޮމިކް މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އިއްޔެއެވެ.
އެވިޑު ކޮލެޖުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، އެވިޑު ކޮލެޖާ ގުޅިގެން ހަތަރު ކޯހެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ހަތަރު ކޯހަކީ، ކްލައުޑް އެންޑް ސައިބާ ސެކިއުރިޓީ، މަލްޓިމީޑިއާ، ސާވާ އެންޑް ނެޓްވޯކިން އަދި ވެބް ޑިޒައިން އެންޑް ޑިވެލޮޕްމަންޓެވެ.
އެވިޑު ކޮލެޖުން ބުނީ، އެ ކޯސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގެ އިތުރުން ގދ. ތިނަދޫގައި ހުންނަ އެވިޑް ކޮލެޖުގެ ކެމްޕަހުގައި ކަމަށެވެ.
ކޮވިޑް އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން ހިންގާ ޕްރޮގްރާމުތަކަށް ފީއެއް ދައްކާކަށް ނުޖެހެއެވެ. އަދި އެ ޕްރޮގްރާމުތަކުގައި ބައިވެރިވާ ދަރިވަރުންނަށް 5000-6000 ރުފިޔާގެ އެލަވަންސެއް ވެސް އަންނަނީ ދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު