މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯގެ ހެރޮއިންގެ މައްސަލައިގައި ދައުވާކުރާ މީހުންނަށް ދިފާއީ ހެކި ހުށަހަޅަން އިތުރު ވަގުތުދީފިއެވެ.
- ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު
- ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒާއިދު ހަބީބު
- ކ. މާފުށި، ސްވީޓްމީޑް، އަހުމަދު މާހިރު
- ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ޑީއެމް މޮބިން
- ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްތަފާ
- ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހުމަދު
- ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމް.ޑީ ރަފީގުލް އިސްލާމް
- ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން
- ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުހަތު އިބްރާހީމް
- މ. ކޮޅުފުށި، ޒަހީރާމަންޒިލް، އަހުމަދު ސިރުޙާން ޝަމީމް
- ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްތަފާ
- ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހުމަދު
- ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމްޑީ ރަފީގުލް އިސްލާމް.
މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ދީބާނާޒް ފަހުމީ ވިދާޅުވީ، ދައުވާ ލިބޭ ވަކީލު ދިފާއީ ހެކި ހުށަހެޅުމަށް އިތުރު ވަގުތަށް އެދިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ދިފާއީ ވަކީލު ވިދާޅުވީ، އިތުރު ވަގުތަށް އެދުނީ މި މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށް ގިނަ ވަގުތު ހޭދަވާތީ ކަމަށެވެ. ދިފާއީ ހެކި ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވުމަށް ވަކީލު އެދުމުން ގާޒީ ވަނީ އެ ފުރުސަތު ދެއްވައިފައެވެ.
މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ، ދިފާއީ ހެކި ހުށަހަޅަން މިމަހުގެ 15 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އެ ދައުވާ ރައްދުވާ އެންމެން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު