އަންނަ ޖުލައި މަސް ނިމޭއިރު ކާޑާއި ތެލާއި ބޭސް ގަންނަން ސަރުކާރުގެ ރިޒާވްގައި ފައިސާ ހުންނާނެ ކަމަށް ލަފާކުރެވާ އަދަދު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވައިފިއެވެ.
އީވާ އެ މައުލޫމާތު ހޯއްދެވުމަށް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ ލިޔުމުން ސުވާލު ކުރައްވައިގެންނެވެ.
މިނިސްޓަރާ ކުރެއްވުމަށް ފޮނުއްވާފައިވާ ސުވާލުގައި އީވާ ވިދާޅުވެފައިވަނީ މި ޖޫން މަސް ފެށުނުއިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގެ ތެރެއިން ސަރުކާރަށް ބޭނުންކުރެވޭ ފައިސާގެ ގޮތުގައި ހުރީ 317 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް މި މަހާއި އަންނަ ޖުލައި މަހު 130 މިލިއަނަށްވުރެ ގިނަ ޑޮލަރު، ދަރަނީގެ ގޮތުގައި އަނބުރާ ދައްކަންޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެ 130 މިލިއަން ޑޮލަރުގެ އިތުރުން މި ދެ މަހުގެ ބަޖެޓް ކޮށްފައިވާ ޑެފިސިޓަކީ 150 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެއް ކަމަށާއި މާލީ ކަންކަން އެގޮތަަށް ހުރި އިރު، ޖުލައި މަސް ނިމޭއިރު ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކިތައް ދުވަހުގެ ކާޑާއި ތެލާއި އަދި ބޭހުގެ ފައިސާ ހުންނާނެތޯ ސުވާލު ކުރެއްވުމަށް އީވާ ވަނީ ހުށަހަޅުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު