ރިސޯޓެއްގެ މޫދު ކައިރިން މަރުވެފައި އޮތް އަންހެން ފަތުރުވެރިއަކު ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ، ޅ. އަތޮޅު ރިސޯޓެއްގައި މޫދު ކައިރިއަށް ވެއްޓިފައި އޮތް ފަތުރުވެރިއަކު ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް މިއަދު ހަވީރު 4:40 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މަރުވެފައިވަނީ ޗައިނާގެ 32 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.