ދުނިޔޭގެ ތިމާވެށި ދުވަހާ ގުޅިގެން "ދުނިޔެ މަގޭ" ނަމުގައި ހާއްސަ ކެމްޕެއިނެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިފުތިތާހުކޮށްފިއެވެ.
އެޗްޑީސީން މިއަދު ބުނީ، ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް މި ކެމްޕެއިންގެ ދަށުން މުޅި އަހަރަށް ބަހާލައިގެން ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ. އަދި ތިމާވެއްޓާ ރައްޓެހި ސްމާޓް ސިޓީއަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަ ކަމެއް މި ކެމްޕޭންގެ ދަށުން ލިބިގެންދާނެ ކަމަށް ބުންޏެވެ.
އެޗްޑީސީން ބުނީ، މީގެ އިތުރުންވެސް މި ކެމްޕެއިންގެ ދަށުން ހުޅުމާލެއާއި އެޗްޑީސީގެ ބިޔޯންޑް ހުޅުމާލޭގެ ދަށުން ތިމާވެއްޓަށް ގެއްލުން ހުރި ކަންކަން ދެނެގަނެ ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
މި ކެމްޕޭނަކީ ތިމާވެށީގެ ހައްޤުގައި އަޑު އުފުލުމަށް ހިތްވަރުދީ، ތިމާވެށި ރައްކާތެރި ކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ގޮވާލުން ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު