މާލެ އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ އޯބްލޫ އެކްސްޕީރިއަންސް އާއިލާފުށި ރިސޯޓު ހުޅުވައިފިއެވެ.
މިއީ "ކަލާސް އޮފް އޮބްލޫ" ބްރޭންޑްގެ ދަށުން ހަދާފައިވާ ރިސޯޓެކެވެ.
ރާއްޖޭގައި ހުޅުވި މި ބްރޭންޑްގެ ފުރަތަމަ ރިސޯޓަކީ 68 ކޮޓަރީގެ އޯބްލޫ ސެލެކްޓް ލޯބިގިލި ރިސޯޓެވެ. އެ ރިސޯޓަކީ ފަސް ތަރީގެ ރިސޯޓެވެ.
މާލެ އިން ލޯންޗެއްގައި ފުރައިގެން 15 މިނެޓުން ދެވޭ އާއިލާފުށި ރިސޯޓަކީ ހަތަރު ގިންތިއަކުން 268 ކޮޓަރީ ހުންނަ ހަތަރު ތަރީގެ ރިސޯޓެކެވެ.
ސްމާޓް ޓެކްނޮލޮޖީ ވަރަށް ބޮޑަށް ބޭނުންކޮށްފައިވާ އާއިލާފުއްޓަކީ، ރާއްޖޭގެ ރަށެއްގައި ކުރެވޭ އާންމު ތަޖުރިބާތައް އިހްސާސް ކުރެވޭ ގޮތަށް ހަދާފައިވާ ރިސޯޓެކެވެ.
އާއިލާފުއްޓާއެކު "ކަލާސް އޮފް އޮބްލޫ" ބްރޭންޑްގެ ދަށުން ހަދާފައިވާ ހަތަރު ރިސޯޓެއް ރާއްޖޭގައި އެބައޮތެވެ. އެއީ އޮބްލޫ ސެލެކްޓް ލޯބިގިލިއާއި އޮބްލޫ ސެލެކްޓް ރަންގެލިއާއި އޮބްލޫ ނޭޗާ ހެލަނގެލީގެ އިތުރުން އާއިލާފުއްޓެވެ.
ޚަބަރު
ޚަބަރު