ޚަބަރު

ދިއްގަރަށް އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފުކޮށްފި

މުހައްމަދު އިޝާން

މ. ދިއްގަރަށް އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފުކޮށްފިއެވެ.

އުރީދޫން މިއަދު ބުނީ، ދިއްގަރަށް މިހާރު 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުތަކުގައި ސުޕަނެޓްގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އުރީދޫގެ ޗީފް ކޮމާޝަން އޮފިސާ (ސީއެމްއޯ) ހުސެއިން ނިޔާޒު ވިދާޅުވީ، ދިއްގަރުގެ ރައްޔިތުންނަށް އެންމެ ހަލުވި ސްޕީޑުގެ އިންޓަނެޓް ހިދުމަތް ހުޅުވާލުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ހިދުމަތްތައް އަޕްގްރޭޑް ކުރަމުން، އެގޮތުން ދާދި ފަހުން ހޯމް ބްރޯޑްބޭންޑް ޕެކޭޖްތަކަށް ގެނައި ބަދަލާ އެކު ބޮޑެތި ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑްތަކާއި ޑޭޓާ ރޯލްއޯވާ ހިދުމަތް ލިބިގެންދާނެ." ވިދާޅުވި އެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕާނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައި ކަމަށް ވެސް އުރީދޫން ބުންޏެވެ.

އެގޮތުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާ އެކު 100 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތުރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

މީގެ އިތުރުން ސުޕަނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާ އެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާއި އެއްވެގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.