މެދު ރާއްޖެތެރޭ ރަށެއްގައި އުމުރުން 10 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އެ ކުއްޖާގެ ކާފަ ހައްޔަރުކޮށް ދައުވާކުރަން ފޮނުވައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ވަން" ވިދާޅުވީ، މ، ފ، ދ، ތ، ލ، އަތޮޅުގައި ހިމެނޭ ރަށެއްގައި 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ ތިން ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މި މަހުގެ ހަތަރު ވަނަ ދުވަހު އުމުރުން 68 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އެ ކުއްޖާގެ ކާފައެވެ.
އޮފިޝަލު ވިދާޅުވީ، މި މައްސަލަ ތަހުގީގުކޮށް އެމީހާއަށް ދައުވާކުރުމަށް އިއްޔެ ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެމީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު