މެލޭޝިއާގައި ބާއްވާ ގުރުއާން މުބުރާތެއްގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މެލޭޝިއާ ސަރުކާރުން އިންތިޒާމުކޮށްގެން އަންނަ އޮކްޓޯބަރު މަހުގެ 17 އިން 22 އަށް ކުއަލަ ލަމްޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 62 ވަނަ "އިންޓަނޭޝަނަލް އަލް-ގުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ 2022" ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.
އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ގައުމީ މުބާރާތަކުން އެއް ވަނަ ލިބިފައިވާ މީހުންނަށް ކަމަށް އިއުލާނުގައިވެއެވެ.
އެ މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކަކީ އެ މުބާރާތުގައި މީގެކުރިން ބައިވެރިވެފައިވާ ނަމަ ބައިވެރިވި ފަހުން 3 އަހަރު ހަމަވެފައިވުމާއި އެ މުބާރާތުގައި މީގެ ކުރިން ބައިވެރިވެ މުބާރާތުން އެއް ވަނަ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުމެވެ.
އޭގެ އިތުރުން މިއަހަރުގެ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހަށް 13 އަހަރު ފުރިފައިވުމާއި ތަޖުވީދުމަގުން ރީތިކޮށް ދިގުރާގަށް ގުރުއާން ކިޔަވަން އެނގުމަކީވެސް ޝަރުތެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުން، މުބާރާތުގައި ބައިވެރިވާނެ މީހަކު ހޮވާނީ އެކަމަށް އެދި ހުށަހަޅާ މީހުން އިމްތިހާނު ކުރުމަށްފަހުއެވެ.
އެ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ މީހުން ސިޓީއާއި ވަނަވަރު، އައިޑީ ކާޑުގެ ކޮޕީ އަދި ޝަރުތު ހަމަކުރުމަށް ބޭނުންވާ ލިޔުންތައް ހުށަހަޅަން ޖެހޭނީ ޖޫން މަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު 1:30 ގެ ކުރިން ގުރްއާނާބެހޭ ގައުމީ މަރުކަޒަށެވެ. ނުވަތަ މެއިލް ކުރާނަމަ [email protected] އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު