ހދ. ނާވައިދޫ ގައި ގާއިމްކުރާ ފެރީ ސްޓޮޕް މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ ނާވައިދޫ ފެރީ ހަޓްގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ.

ނާވައިދޫގައި ގާއިމްކުރާ ފެރީ ސްޓޮޕްގައި ކިއުސްކް އަކާއި ވެއިޓިން އޭރިއާއެއްގެ އިތުރުން ފާހާނެވެސް ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ފެރީ ސްޓޮޕް އަކީ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއްގެ ދަށުން ގާއިމްކުރާ ތަނެއް ކަމަށް އެމްޓީސީސީން ބުންޏެވެ.