ޖުޑިޝަރީ އިސްލާހު ކުރުމަށް ބޭނުންވާ ހަތަރު ބިލަކާ އެކު މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް 22 ބިލެއް ސަރުކާރުން ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
އެ އޮފީހުން މިއަދު ބުނީ، މަޖިލީހުގެ ދެ ވަނަ ދައުރަށް ސަރުކާރުން ހުށަހަޅަން ގަސްތުކުރާ ބިލުތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
އެ ލިސްޓުގައި ޖުޑިޝަރީ އިސްލާހުކުރުމަށް ބޭނުންވާ ހަތަރު ބިލުގެ ގޮތުގައި ހިމަނާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނަަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެކެވެ.
- ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ކުނި ނައްތާލުމާއި މެނޭޖްކުރުމުގެ ބިލު
- ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
- ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ޓެރަރިޒަމް މަނާ ކުރުުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މަނީލޯންޑަރިން އަދި ޓެރރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މަސައްކަތުގެ މާހައުލުގެ ސލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު
- ދިވެހި ރާއްޖޭގެ ފޮރިން އިންވެސްޓްމަންތްގެ ބިލު
- އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އާބިޓްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މޯލްޑިވްސް ހެލްތު ސާވިސަސްގެ ބިލު
- ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ކެމިކަލް ހަތިޔާރު މަނާ ކުރުުގެ ބިލު
މި ލިސްޓުގައި ހިމެނޭ ބައެއް ބިލުތައް މިހާރު ވަނީ މަޖިލީހަށް ފޮނުުވައިފައެވެ. އަދި އެ ބިލުތަކުގެ ފުރަތަމަ ކިޔުންވެސް ވަނީ އިއްވައިފައެވެ. އެ ބިލުތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު