ޚަބަރު

ލޮނުދުހުއްޓާގައި އަލިފާން ރޯވެ އަނދަނީ

ގދ. ލޮނުދުހުއްޓާގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ ލޮނުދުހުއްޓާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ގދ. ތިނަދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި އެ ރަށުގައި ރޯވި އަލިފާން ނިއްވާލުމަށް، ގދ. ތިނަދޫ ފަޔާ ސްޓޭޝަނުގެ ފަޔާމަނުން މިހާރު އެ ރަށަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.

އެރަށުގައި އަލިފާން ރޯވެފައިވަނީ ކިހާ ވަރަކަށް ކަމެއް ސާފެއް ނޫނެވެ.

ލޮނުދުހުއްޓާއަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މަސައްކަތް ފަށައި، މަސައްކަތް ހުއްޓިފައި އޮތް މީހުން ދިރިނޫޅޭ ރަށެކެވެ.