މާލޭގެ މަގުތަކުގައި މުދާ އަރުވައިގެން ދަތުރުކުރާ އުޅަނދުތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެއްޖެ އެވެ.
ފުލުހުން ބުނީ މުދާ އަރުވައިގެން ދާ ޕިކަޕް އަދި ލޮރީފަދަ ތަކެތިން ވައްކަންކުރާ މައްސަލަ ފުލުހުންނަށް ހުށަހަޅަމުން އަންނަ ކަމަށެވެ.
މުދާ އަރުވައިގެން ދަތުރުކުރާ ޕިކަޕު ނުވަތަ ލޮރީ މަގުމަތީގައި މަޑުކޮށްގެން އޮންނައިރު އެ އުޅަނދުތަކުގައި ހުންނަ މުދާ ވަގަށްނަގާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެންމެ ފަހުން ރިޕޯޓުކޮށްފައިވާ މިފަދަ މައްސަލައަށް ބަލާއިރު، ވަގަށް ނަގާފައިވަނި ސިނގިރެޓް ކޭސްތަކެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެހެންކަމުން، މުދާ އަރުވައިގެން ދަތުރުކުރާ ފަރާތްތަކުން މިފަދަ ކަންކަމަށް ސަމާލުކަންދީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު