ރާއްޖޭގެ ފަތުރުވެރިކަމަށް ރަންޔޫބީލް އާ ގުޅުވައިގެން ފަތުރުވެރިކަމަށް ހާއްސަ އަހަރީ އެވޯޑުތަކެއް މިއަހަރުން ފެށިގެން ޓޫރިޒަމް މިނިސްޓްރީން ދިނުމަށް ނިންމައި އެ އެވޯޑުތަކަށް އަންނަ މަހުން ފެށިގެން ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ރަން އަހަރާ ގުޅުވައިގެން މިދާއިރާއަށް ހާއްސަ ކޮށްގެން 12 އެވޯޑެއް މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ދިނުމަށް އެ މިނިސްޓްރީން ނިންމައިފައިވާ ކަމަށެވެ.
- * ބެސްޓް ސްޓާފް އެކޮމޮޑޭޝަން އެވޯޑް
- * ބެސްޓް ސްޓާފް ޑައިނިން އެކްސްޕީރިއަންސް އެވޯޑް
- * އެކްސްސަލަންސް އިން ސްޓާފް ރެކްރިއޭޝަން އެވޯޑް
- * އެމްޕްލޯއީ ހެލްތު ކެއާ އެވޯޑް
- * ސޭފަސްޓް ވާކް އެންވަޔަރަމަންޓް އެވޯޑް
- * އެވޯޑް ފޯ ޔޫޓިލައިޒޭޝަން އޮފް ލޯކަލް ޕްރޮޑަކްޓްސް
- * އެވޯޑް ފޯ ޕްރޮމޯޓިން ލޯކަލް ޕާފޯމާސް
- * އެވޯޑް ފޯ ޕްރޮމޯޓިން ލޯކަލް މިއުޒީޝަންސް
- * އެވޯޑް ފޯ ޕްރޮމޯޓިން ލޯކަލް ޑީޖޭސް
- * ހަޔަސްޓް ޕެރިޓީ އޮފް މޯލްޑިވިއަން އެމްޕްލޯއީސް އެވޯޑް
- * ހަޔަސްޓް ނަންބާ އޮފް ފީމެއިލް އެމްޕްލޯއީސް އެވޯޑް
- * ޓްރެއިނިން އެންޑް ކެރިއާ ޑިވެލޮޕްމަންޓް އެވޯޑް
މި އެވޯޑްތަކަށް ޓޫރިސްޓުން ބައިތިއްބާ ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް އުޅަނދުފަހަރަށް ކުރިމަތިލެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ. އަދި މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވައިލައިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު