ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކަން ފެށުމުގެ ކުރިން އަޅަންޖެހޭ ބަންޑްވޯލް އެޅުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

މި މަޝްރޫއުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 480 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއިރަންވޭއެއް އެޅުމާއި ޓެކްސީވޭ އޭޕްރަން އަދި ސާވިސް ރޯޑް ހެދުން ހިމެނެއެވެ.

މީގެ އިތުރުން ޓާމިނަލް ބިލްޑިންގަކާއި ފަޔާ ބިލްޑިންގެއް ހެދުމާއި އަލިފާން ނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތްވެސް އެ މަޝްރޫއުގެ ދަށުން ކުރާނެއެވެ.

މި މަޝްރޫއަކީ 451.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.