ތިލަމާލެ ބުރިޖު އެޅުމަށް ބޭނުންވާ ރެޑީ މިކްސް ކޮންކުރީޓް (ސިމެންތި) އެސްޓީއޯއިން ޓެސްޓުކޮށްފިއެވެ.
އެސްޓީއޯއިން ކޮންކުރީޓް ޓެސްޓުކުރީ މާލޭގެ ސިނާއީ ސަރަހައްދުގައި ރޭގެ ވަގުތެއްގައެވެ. އެ ޓެސްޓުތައް ކާމިޔާބުކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
މާލެއާއި ވިިލިމާލެއާއި ތިލަފުށީގެ އިތުރުން ގުޅީފަޅު ގުޅުވާލާ ތިލަމާލެ ބުރިޖު އަޅާ އިންޑިއާގެ އެފްކޮން އާއި އެސްޓީއޯއާއެކު މިމަހުގެ 14 ވަނަ ދުވަހު ވަނީ ރެޑީމިކްސް ސަޕްލައި ކޮށްދޭން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގެ ދަށުން 7،500 ކިއުބިކް މީޓަރުގެ ރެޑީމިކްސް ކޮންކުރީޓް އެސްޓީއޯއިން ފޯރުކޮށްދޭނެއެވެ.
ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.
މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅީފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަަމަޖެހޭނެއެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ތިލަމާލެ ބުރިޖުގެ ފައުންޑޭޝަންގެ އަމަލީ މަސައްކަތް މިއަހަރު ފަށައި 2024 ގައި ބުރިޖު ހުޅުވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު