ޚަބަރު

ޕްރިޔަންކާ ޗޯޕްރާ މޫނުމަތިން ޒަހަމްތަކެއް ފެންނަ ފޮޓޯތަކެއް، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި

ޕްރިޔަންކާ ޗޯޕްރާގެ މޫނުމަތި ޒަހަމްވެފައިވާ ފޮޓޯތަކެއް އާންމު ކުރުމާ ގުޅިގެން އޭނާގެ ފޭނުން އަންނަނީ، އިންސްޓަގްރާމްގައި، ޕްރިޔަންކާގެ ހާލު އޮޅުން ފިލުވައި، ކިހިނެއްވީތޯ ސުވާލު ކުރަމުންނެވެ. މިފޮޓޯ ޝެއާ ކުރަމުން "މިގޮތަށް މަސައްކަތުގައި ބުރަ، ބަރުދުވަހަކާ ދިމާވިހެއްޔެވެ؟ މިސުވާލާއެކު، އެކްޓާސް ލައިފް، ސީޓްޑެލް، އަޑެއިލީއިންދަލައިފް، އާއި އެޓްއޭޖީބީއޯފިލްމްސް އަދި އެޓްއެމޭޒަންސްޓޫޑިއޯސް" ޕްރިޔަންކާ ވަނީ މިނަންތަކަށް ހޭޝްޓެގްކޮށްފައެވެ. މިފޮޓޯތަކުގައި ޕްރިޔަންކާ ފެންނަނީ ކަޅުކުލައިގެ މައްޗެއްގައި، ނޫ ފާޑެއްގެ ކުލައެއްގެމޭކަޕެއްގައެވެ. މިފޮޓޯތަކުން ފެންނަނީ، ޕްރިޔަންކާގެ ނޭފަތުގެ ތިރިންނާއި ތުންފަތުގެ ކައިރިން ލޭކޮށި ޒަހަމްވެފައި ވާތަނެވެ.

މިދުވަސްކޮޅު ޕްރިޔަންކާ އަންނަނީ ވެބްސީރީޒް "ސީޓަޑެލް"ގަ މަސައްކަތް ކުރަމުންނެވެ.

ޕްރިޔަންކާއަށް ސަޕޯޓް ކުރާ ފަރާތްތަކުން ކޮމެންޓްސްގައި ސުވާލުކޮށްފައިވެއެވެ. "ކިހިނެއްވީހެއްޔެވެ؟ އަނެއްކާ ހުރިހާ ކަމެއް ރަނގަޅު ހެއްޔެވެ؟" ޕްރިޔަންކާގެ އެހެން ފޭނަކު ސުވާލު އުފައްދާފައިވެއެވެ. "ކިހިނެއްވީތަ؟" ހަމަ މީގެ ފަހަތުން، ހަމްދަރުދީގެ ބަސްތައް ލިޔެފައިވެއެވެ." ބަލައިގެން އުޅޭށެވެ. ފަރުވާވެ ސަމާލުވާށެވެ. ކޮންމެ ދުވަހަކީވެސް އާ ތަޖުރިބާއެކެވެ." ދެންވެސް އެހެން ފަރާތަކުން ހަގީގަތް އޮޅުންއަރާތީވެ ހާސްކަން ހާމަކޮށްފައިވެއެވެ. "އަދިވެސް ހަމަ އޯއެމްޖީ. ސިކުންތުކޮޅަކަށް އަހަރެން ހީކުރީ ހަމަ އަސްލުވެސް ވަރަށް އަނިޔާވީ ކަމަށް." އަދިވެސް އެތައް ބަޔަކު ޕްރިޔަންކާގެ ވެބްސީރީސްއަށް އިންތިޒާރު ކުރަމުން އަންނަ ވާހަކައާއިއެކު ތައުރީފުގެ ބަސްތައް ބަންޑުންކޮށްލައިފައިވެއެވެ.

ވޭތުވެދިޔަ އަހަރުގެ ޑިސެމްބަރު މަހު އެންމެ ފަހު ޝޫޓިން ނިންމާލުމަށްފަހު، މިޝޫޓިންގައި ބައިވެރިވުމުގެ ކުރިން، މިދިޔަ ޖެނުއަރީ މަސް ޕްރިޔަންކާ ހޭދަކުރީ އޭނާގެ ލޯބިވާ ދަރިފުޅު، މާލްތީ މޭރީ ޗޯޕްރާ ޖޯނަސްއަށް މަރުހަބާ ކިޔުމުގައެވެ. އެއަށްފަހު ހަމަޖެހިގެން އަނެއްކާވެސް މިސީރީޒްގެ މަސައްކަތާއި ޕްރިޔަންކާ މިވަނީ ގުޅިފައެވެ.

މިމަސައްކަތާއެކު، ޕްރިޔަންކާއަށް ބޮލީވުޑްގެ "ޖީލޭޒަރާ" އަދި ހޮލީވުޑްގެ ފިލްމު "އިޓްސް އޯލް ކަމިން ބެކް ޓު މީ" އާއި "އެންޑިން ތިންގްސް އިން ޕައިޕްލައިން" މިދެ ފިލްމުގެވެސް މަސައްކަތް ޕްރިޔަންކާއަށް ވަނީ ލިބިފައެވެ.