ސައިރެން އަޅައިގެން ދުއްވާފައި ދިޔަ އެމްބިއުލާންސެއް އެކްސިޑެންޓް ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ވަން" އަށް ވިދާޅުވީ، އޯކިޑް މަގުން ދުއްވާފައި ދިޔަ އެމްބިއުލާންސެއް އެމަގުގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު މިރޭ 7:55 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް ސައިކަލުތަކަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުކުރެއެވެ.
ފުލުހުން ބުނީ އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު