ހދ. ހަނިމާދޫ ބަނދަރު މަޝްރޫއުގެ މަސައްކަތުގެ 66 ޕަސެންޓް ނިންމާލައިފިއެވެ.

އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމުގެ މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ހާބަރު ޕޭވްމެންޓްގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 53,522.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރު ބޭސިން ފުންކުރުމާއި 31,575.50 ކިއުބިކް މީޓަރުގެ ބަނދަރުގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި 355 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 270 މީޓަރުގެ ސަަރަހައްދެއްގައި އެއްގަމުތޮށިލުމާއި 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއަކީ 64.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.