އިމާރާތް ކުރުމުގެ ދާއިރާއަށް 120 ލޭބަރުން ހޯދަން އެމްޓީސީސީން އިއުލާނު ކޮށްފިއެވެ.
އެމްޓީސީސީން ބުނީ، ލޭބަރުން ހޯދަން ނިންމާފައި ވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް އުސޫލުން ކަމަށާއި ނަމަވެސް މަސައްކަތުގެ ފެންވަރަށް ބެލުމަށް ފަހު މުއްދަތު އިތުރު ކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
އިނާޔަތްތަކާ އެކު 10،300 ރުފިޔާއާ އާއި 13،700 ރުފިޔާ އާ ދެމެދުގެ މުސާރައެއް ލިބޭ، އެ ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވަނީ ދިވެހިންނަށް އެކަންޏެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ވަޒީފާ ލިބޭ ފަރާތްތައް ތިބެން ޖެހޭނީ ޖެހޭނީ އެ ކުންފުނިން ކަނޑައަޅާ ސައިޓެއްގައެވެ. އެ ވަޒީފާއާ އެކު މެޑިކަލް އިންޝުއަރެންސާއި ޕެންޝަން ސްކީމްގައިވެސް އެންރޯލް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ވަޒީފާގެ ޝަރުތު ތަކަކީ، އަސާސީ ތައުލީމު ހާސިލުކޮށްފައިވުމާއެކު ކޮންސްޓްރަކްޝަން ދާއިރާގެ ތަޖުރިބާ ނުވަތަ އެ ދާއިރާގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރުމެވެ. އަދި ކުންފުނިން ކަނޑައަޅާ ސައިޓެއްގައި މަސައްކަތް ކުރެވޭނެ ފަރަތެއް ކަމުގައި ވުމަކީވެސް ޝަރުތެކެވެ.
އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އައިޑީ ކާޑު ކޮޕީ އާއި ގުޅުންހުރި ލިޔުންތަކާއެކު، އެމްޓީސީސީގެ ހުޅުމާލެ ޓާމިނަލްގައި މާދަމާ ހަވީރު 4 އިން 8 އަށް "ޖޮއިން އެމްޓީސީސީ"ގެ ނަމުގައި ކުރިއަށް ގެންދާ އޯޕަން ޑޭ ގައި ބައިވެރިވުމަށް އެ ކުންފުނިން އެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު