ހއ. އިހަވަންދޫ ފެރީ ޓާމިނަލްގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.
މި ފެރީ ޓާމިނަލަކީ އިންޓަގްރޭޓޭޑް ޕަބްލިކް ފެރީ ނެޓްވޯކް ޕްރޮޖެކްޓްގެ ދަށުން ޒޯން އެކަކަށް ހިދުމަތް ދިނުމަށް އިމާރާތްކޮށްފައިވާ ޓާމިނަލެކެވެ.
މި ޓާމިނަލްގައި ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށްޓަކައި ކޮމާޝަލް އޭރިއާއަކާއި ޕޭރެންޓް ރޫމަކާއި ލަގެޖް ރޫމަކާއި ޓަކް ޝޯޕެއްގެ އިތުރުން ދެ ޖިންސުގެ ބޭފޫޅުންނަށް ވަކިން ފާހަނަ ހުންނާނެއެވެ.
"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ މަގުސަދަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމެވެ.
މި މަޝްރޫއު ތަންފީޒު ކުރަނީ ތިން ފިޔަވައްސެއްގެ ދަށުންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ފެރީ ޓާމިނަލް ތަރައްގީ ކުރެވިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ މި ފެރީ ނިޒާމުން ލުއިފަސޭހަ އަދި އަވަސް ހިދުމަތްތަކެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެ ކަމަށާއި އަދި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލައި، އެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދޭނެ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް ކުރިއެރުންތަކެއް ލިބި، ސަރަހައްދީ ގޮތުން ރަށްތަކަށް ތަރައްގީ ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު