ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދުު ސޯލިހު، ރަސްމީ ދަތުރުފުޅެއްގައި މިއަދު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގަންނަވައިފިއެވެ.
ރައީސްގެ ސޯލިހުގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑަރު އައްޝައިޚު އަލް މަރްޙޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން އެ މަރްހޫމްގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށާއި، އެ އާއިލާގެ ހިތާމައިގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ޔޫއޭއީގެ ރައީސް ޝެއިޚް ހަލީފާ އަވަހާރަވީ ހުކުރުދުވަހުގެ ވަގުތެއްގަ އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 73 އަހަރެވެ.
ރައީސްގެ މި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު