ގައްދޫ ދާއިރާގެ މާލޭ ވޯޓު ފޮއްޓަށް ގަނޑުކޮށް ވޯޓު ކަރުދާސް އެޅި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ގައްދޫ ދާއިރާގެ ވޯޓު ފޮށި ބަހައްޓާފައި ހުރީ ގަލޮޅު މަދަރުސާއެވެ.
އެ ވޯޓު ފޮށި ގުނަން ފެށިފަހުން ވަނީ، ގަނޑުކޮށް އަޅާފައިވާ ވޯޓު ކަރުދާސްތަކެއް ހިމެނޭ ދެ ބޮނޑި ފެނިފައެވެ. އެސަރަހައްދުގައި ހަރަކާތްތެރިވާ "ވަން" ގެ ނޫސްވެރިޔާ ބުނީ އޭގެ ތެރެއިން އެއް ބޮނޑީގައި ފަސް ވޯޓު ކަރުދާސް ހިމެނޭ ކަމަށެވެ. އަދި ދެވަނަ އަށް އޮތް ބޮނޑީގައި ހަތް ވޯޓު ކަރުދާސް ހިމެނޭ ކަމަށެވެ.
އެކަމާ ގުޅިގެން މައްސަލަ ހޫނުވެ، އެ ވޯޓު ފޮށީގެ އޮބްސާވަރުންނާއި ވޯޓުލީ މީހުންނާ ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އެ ސަރަހައްދުގައި އިންތިހާބާ ބެހޭ ކޮމިޓީގެ މެންބަރުންވެސް ހަރަކާތްތެރިވަމުން އަންނައިރު، މިހާރު މަޝްވަރާކުރަމުން އަންނަނީ ވޯޓު ފޮއްޓާމެދު އަމަލު ކުރާނެ ގޮތަކާ މެދުގައެވެ.
"ފުރަތަމަ މަސައްކަތް ކުރީ އެ ފޮށީ އެމްޑީޕީ އޮފީހަށް ގެންދަން. ނަމަވެސް މިތަނުގައި ތިބި މީހުން ބޭނުންވަނީ ވޯޓު ފޮށި ގުނައި ނިންމަން. އެހެންވެ މިހާރު މަޝްވަރާތައް ކުރިއަށް އެދަނީ" އެ ސަރަހައްދުގައި ހަރަކާތްތެރިވާ "ވަން" ގެ ނޫސްވެރިޔާ ބުންޏެވެ.
މައްސަލަ ޖެހުނު ވޯޓު ފޮށި މިހާރު ވަނީ ވަގުތީ ގޮތުން ބަންދުކޮށް، ސީލް އަޅުވައިފައެވެ.
ގައްދޫ ދާއިރާގައި އެމްޑީޕީގެ ރަޖިސްޓަރީގައި 1500 އެއްހާ މެންބަރުން ތިބެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު