ގަލޮޅު މަދަރުސާގައި ކިަޔަވަމުން އައި އުމުރުން ހަތަރު އަހަރުގެ އަންހެންކުއްޖަކަށް އެ ސްކޫލުގެ މަސައްކަތު މީހަކު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެކި ނެތުމުން އެ މައްސަލަ ފައިލް ކޮށްފި އެވެ.
ގަލޮޅު ސްކޫލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގައި ތުހުމަތު ކުރެވުނު މީހާގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާތީ އާއި ތަހުގީގުން އޭނާއާ މެދު އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާތީ އެ މައްސަލަ ފައިލް ކުރަން ނިންމާފައިވާކަން އެ ސްކޫލަށް އެޑިއުކޭޝަން މިނިސްޓްރީން މިިދިޔަ އާދިއްތަަ ދުވަހު އަންގާފައިވާ ކަމަށެވެ.
ގަލޮޅު ސްކޫލުން ބުނީ މި މައްސަލައިގެ ހުރިހާ މަރުހަލާއެއްގައި ވެސް ސްކޫލުން އެންމެ އިސްކަމެއް ދިނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ.
އެ ސްކޫލުން ބުނީ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައްކަމުން ދިޔައީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ގަލޮޅު މަދަރުސާގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ މަދަރުސާގެ މަސައްކަތު މީހަކު ހައްޔަރު ކުރި އެވެ. ނަމަވެސް ފަހުން އެމީހާ ވަނީ ދޫކޮށްލައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު