އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރަން ގޮވާލައި އެ މަނިކުފާނުގެ ގެކޮޅާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ޕީޕީއެމްގެ އޮފީސް ދޮރަށް ރޭގެ ވަގުތެއްގައި ބަޔަކު ސްޕްރޭ ޖަހައިފި އެވެ.
ރައީސް ޔާމީން ދިރުއުޅުއްވާ ހ. ދޫވެހި އަދި ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަގޭގެ ދޮރަށް އެ މަނިކުފާނުގެ ފޮޓޯ ހިމެނޭ ކުރެހުމަށް ކަޅައި ހުދުން ވަނީ ސްޕްރޭކޮށްފައެވެ. އެ ކުރެހުމުގައި ވަނީ "އެރެސްޓް ޔާމީން އަބްދުލްގައްޔޫމް" އިނގިރޭސި ބަހުން ޖަހައިފައެވެ.
މިކަމާ ގުޅޭ ގޮތުން ޕީޕީއެމް އާއި ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ރައީސް ޔާމީންގެ ގެކޮޅާއި، ޕީޕީއެމްގެ އޮފީހަށް ބަޔަކު ސްޕްރޭކޮށްފައިވާއިރު، މީގެ ދުވަސްކޮޅެއް ކުރިން ރައީސް ޔާމީން ހައްޔަރުކުރުމަށް ގޮވާލައި އެމަނިކުފާނުގެ ގެކޮޅު ކުރިމަތީގައި ބަޔަކު މުހާޒަރާވެސް ކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު