ޅ. ކުރެންދޫގައި މިސްކިތެއް އިމާރާތްކުރުމަށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ކުރެންދޫގައި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަނާ އެވެ. އެ ކުންފުންޏާ ކުރެންދޫ މިސްކިތް އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކުރީ އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިސްކިތް އެޅުމުގެ މަސައްކަތް މިމްސް ކޮންސްޓްރަކްޝަނާ ހަވާލުކުރި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. އަދި މިމްސް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު ސައުދުﷲ ހިލްމީއެވެ.
އިސްލާމިކް މިނިސްޓްރީން ކުރެންދޫ މިސްކިތް އެޅުމުގެ މަސައްކަތް މިމްސް ކޮންސްޓްރަކްޝަނާ ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 14,231,686.04 (14.2 މިލިއަން) ރުފިޔާއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު