އިނގިރޭސި ޕްރިމިއާ ލިގުގައި ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި އެސްޓޮން ވިލާ އަތުން ހޯދި މޮޅާއެކު ލިވަޕޫލުން ލީގު ތަށީގެ އުންމީދު ދަމަހައްޓައިފިއެވެ.
ލިވަޕޫލުން ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި 2-1 އިން ވިލާ ބަލިކޮށްފައިވާ އިރު، އެޓީމުން އަނެއްކާވެސް ވަނީ ލީގު ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ސިޓީ އެއްވަނައިގައި އޮތީ 35 މެޗުން 86 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލުން ވަނީ 36 މެޗުން 86 ޕޮއިންޓް ހަމަކޮށްފައެވެ. ސިޓީއަށް ކުރި ލިބެނީ ލަނޑުގެ ތަފާތަށް ބަލާއިރު، ތިން ގޯލު އިތުރަށް އޮތުމުންނެވެ. މިވަގުތު ސިޓީއަށް ލީގުގެ ޔަގީންކަން ބޮޑުކޮށް އޮތް އިރު، މިރޭ ސިޓީން ނުކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.
ރޭގެ މެޗުގައި ފުރަޔަމަ ލީޑުނެގީ ވިލާއިންނެވެ. މެޗުގެ ތިން ވަނަ މިނިޓްގައި ވިލާއަށް ލީޑުނަަގައިދިިނީ ބްރެޒިލްގެ މިޑްފީލްޑަރު ޑަގްލަސް ލުއީޒެވެ. ކުރިން ލިވަޕޫލަށް ގިނަ މެޗުތަކެއް ކުޅުނު ލެޖެންޑްރީ މިޑްފީލްޑަރު ސްޓީވަން ޖެރާޑްގެ ކޯޗުކަމުގެ ދަށުން ކުޅެމުންދާ ވިލާއިން އެ ގޯލު ޖެހީ ލޫކް ޑީން ނެގި ހުރަހަކުން ތަނަވަސްކުރި ފުރުސަތެއް ގައެވެ.
އެ ގޯލަށް މާ ގިނައިރެއް ނުވަނީސް މެޗުގެ ހަވަނަ މިނިޓްގައި ޖޮއެލް މަޓިޕް ގޯލެއް ޖަހައި ލިވަޕޫލަށް އެއްވަރުކޮށްދިނުމެވެ. އެ ގޯލަކީ ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ނެގި ހިލޭޖެހުމެއްގައި އެސްޓަން ވިލާ އޭރިއާތެރެއިން ލިވަޕޫލްގެ ވެން ޑައިކް ޖައްސާލި ބޯޅައަކުން މަޓިޕް ކާމިޔާބުކުރި ގޯލެކެވެ.
މެޗުން މޮޅުވާން ލިވަޕޫލުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ 65 ވަނަ މިނެޓުގައެވެ. އެ ގޯލު ލިވަޕޫލަށް ޖަހައިދިނީ ސަޑިއޯ މާނޭއެވެ. ލުއިސް ޑިއާޒް ހުސްކޮށްލާފައި ނަގައިދިން ހުރަހަކުން މާނޭ ބޮލުން ޖެހި ގޯލު ގޯލަށް ވައްދާލީ ހަމަޖެހިލައިގެންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު