ދައުލަތް ހިންގުމުގައި ތިއްބެވި ދެ ވެރިން ރައްޔިތުންނަށް އޮޅުވާލައްވާފައިވާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އެފަދައިން ވިދާޅުވީ، މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވި އިރު، ވެރިކަމުގެ ބާރުތައް ވަގުތީގޮތުން ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރެއްވުމާ ގުޅިގެންނެވެ.
ރައީސް ޔާމީން މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމަށް ނިސްބަތްކޮށް ވިދާޅުވީ، އެ ދެބޭފުޅުންނަކީ ރައްޔިތުންނަށް އޮޅުވާލައިގެން ކުރިއަށްގެންދިޔަ އިންތިހާބަކުން ފައިދާ ހޯއްދެވި ދެ ބޭފުޅުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ރައީސް ސޯލިހަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވޭ ހާލަތަކަށް ދިއުމުން ރާއްޖޭގެ އެންމެ މަތީ ކޯޓުން ފައިސަލް ނަސީމަށް ވެރިކަމުގެ ބާރުތައް ހަވާލުކުރެއްވި ކަމަށެވެ. ނަމަވެސް އޭގެފަހުން ސުޕްރީމް ކޯޓުން ވެރިކަމުގެ ބާރުތައް އަނބުރާ ރައީސް ސޯލިހާ ހަވާލުކުރެއްވިތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވައިފައެވެ.
ރައީސް ސޯލިހު، މެލޭޝިއާގައި ތައިރޮއިޑް ފަރުވާއަށް މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ކުރެއްވި އޮޕަރޭޝަނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަގުތީގޮތުން ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރެއްވީ އެ ދުވަހުގެ ހެނދުނު 6:00 ގައެވެ. ނަމަވެސް އެ ދުވަހުގެ ހެނދުނު 9:30 ގައި ރައީސް ސޯލިހު ވަނީ އަލުން ރައީސްކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު