އެސޯސިއޭޝަން އޮފް އޭޝިޔަން އިލެކްޝަން އޮތޯރިޓީގެ(އޭއޭއީއޭ) ގެ އެގްރެކެޓިވް ބޯޑުގެ މެމްބަރަކަށް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން (އީސީ) ހޮވިއްޖެއެވެ.
ޕިލިޕީންސްގައި އިއްޔެ ބޭއްވި އޭއޭއީއޭގެ އާންމު ބައްދަލުވުމުގައި އެ އޮތޯރިޓީގެ އެގްޒެކެޓިވް ބޯޑަށް ރާއްޖެ އިންތިހާބުވީ އެ އެސޯސިއޭޝަންގެ އާންމު ބައްދަލުވުމުގައި މެންބަރު ގައުމުތަކުގެ މެދުގައި ނެގި ވޯޓުގެ އިއްތިފާގުންނެވެ.
މިއީ ރާއްޖޭ، އޭއައިއީއޭގެ މަގާމަކަށް ހޮވުނު ފުރަތަމަ ފަހަރެވެ. ރާއްޖޭގެ އިތުރުން އެގްޒެކެޓިވް ބޯޑަށް އިންތިހާބުވީ ރަޝިއާ އާއި ކަޒަކިސްތާން އަދި ފިލިޕީންސްއެވެ.
އޭއޭއީއޭގެ 2022 ވަނަ އަހަރުގެ ރިޔާސަތު ބެލެހެއްޓުމަށް އޭއޭއީއޭގެ މެމްބަރު ގައުމުތަކުން ހަމަޖެއްސީ އިންޑިއާއެވެ. ވައިސް ޗެއާގެ މަގާމަށް ހަމަޖެއްސީ ތައިވާންއެވެ.
އޭއައިއީއޭގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން ތަމްސީލް ކުރެއްވީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބުގެ އިތުރުން ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަރު މަރިޔަމް ޝާހިޔާއެވެ.
ނަވާރަސްތޭކަ ނުވަދިހަ އަށްވަނަ އަހަރު އުފެއްދި އޭއައީއީއޭގެ ބޭނުމަކީ މެމްބަރު ގައުމުތަކުގެ އިލެކްޝަންސް ކޮމިޝަންތަކުގެ މިނިވަންކަން ހިފެހެއްޓުމަށް މަސައްކަތް ކުރުމާއި މިނިވަން އިންސާފުވެރި އިންތިހާބުތައް ބޭއްވުމަށްޓަކައި ބޭނުންވާ އެހީތެރިކަން އެއް ގައުމުން އަނެއް ގައުމަށް ފޯރުކޮށްދިނުމެވެ.
އޭއޭއީއޭގެ މެމްބަރުންގެ ގޮތުގައި 20 ގައުމު ހިމެނެއެވެ.
ޚަބަރު
ޚަބަރު