މަންމަނަކަށް ވެގެން ފައިސާ ހޯދަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
އެގޮތަށް އުޅެނިކޮށް، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، މ. މުލަކު އުމުރުން 29 އަހަރުގެ މީހެކެވެ. އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހައިފަ އެވެ.
އޭނާ ބަންދު ކުރަން ކުރި އަމުރުގައި ބުނެފައިވަނީ، އޭނާއަކީ ވައްކަމުގެ ކުށުގެ ރެކޯޑުގެ އިތުރުން އެހެނިހެން ކުށްތަކުގެ ރެކޯޑުވެސް ގިނަ މީހެއް ކަމަށެވެ.
އޭނާގެ މައްޗަށް ތުހުމަތުކޮށް ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވާ ކަމަށާއި، އެގޮތުން ފުލުހުންގެ ހާދިސާ ރިޕޯޓުން އޭނާ މާފަންނު ގެޔަކަށް ހުއްދަ ނުހޯދައި ވަދެ، މަންމަނު މީހަކަށް ވެގެން ފައިސާ ހޯދަން އުޅުނު ކަމަށް ކޯޓަށް ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ކޯޓުން އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައެވެ. ނަމަވެސް އެ މައްސަލައިގައި ހައްޔަރި ކުރިމީހާ ކޯޓުގައި ބުނެފައި ވަނީ، އޭނާ އެގެއަށް ވަނީ ވެރިފަރާތުން ބުނެގެން ކަމަށެވެ.