މާލޭގައި އަންހެން ކުދިންތަކަކަށް ޖިންސީ ގޯނާކުރަމުންދިޔަ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
އެކަން ކަށަވަރުކޮށްދެއްވައި ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ, އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުދިންތަކަކާ ޖިންސީ ގޯނަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މާޗު މަހުގެ ތެރޭގައި ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހުސްވި އޭޕްރިލް މަހުގެ ނުވަ ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 55 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
އޮފިޝަލު ވިދާޅުވީ, ހައްޔަރުކުރި މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ނަމަވެސް އަނިޔާ ލިބޭ ކުޑަކުދިންގެ މައުލޫމާތު ހާމަވެދާނެ މައުލޫމާތު އާންމުކުރުމަކީ ގާނޫނީ ކުށަކަށް ވާތީ މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު