މާލެ އިސްކަންދަރު މަގުގައި ހުރި ގަރާޖެއްގައި އަލިފާން ރޯވެއްޖެއެވެ.
މިހާދިސާގައި ރޯވެފައިވަނީ އިސްކަންދަރުމަގުގައި ހުރި އޭއެސްއެމް ގަރާޖުގައެވެ. އެ ގަރާޖުގެ ތެރެއިން ކަޅު ދުން އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
އެމްއެންޑީއެފުން މިރޭ ބުނީ އެ ގަރާޖުގައި ރޯވި އަލިފާންގަނޑު މިރޭ 9:28 ހާއިރު ފަޔާ އެންޑް ރެސްކިއުއިން ނިއްވާލާފައިވާ ކަމަށެވެ.
މި ހާދިސާގައި އަލިފާން ރޯވީ އެ ގަރާޖު ގައި ބޭނުންކުރާ ގޭސް ސިލިންޑަރެއްގައި ކަމަށާއި އަލިފާން ރޯވުމުގެ ސަބަބުން ގަރާޖު ތެރޭގައި އޮތް ކާރަކަށާއި އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައެއްނުވެއެވެ.
މީގެ ދެ ހަފުތާ ކުރިން ރަށްދެބައިމަގުން ގ. ނިއު ކޮލަމްބިއާއާ އިންވެގެން ހުރި ގަރާޖެއްގައިވެސް އަލިފާނުގެ ހާދިސާއެއް ވަނީ ހިނގައިފައެވެ. އެ ހާދިސާގައި ގަރާޖް ތެރޭގައި އަދި ގަރާޖް ކައިރީގައި ޕާކް ކޮށްފައި ހުރި ސައިކަލްތަކުގައި ވެސް ވަނީ އަލިފާން ރޯވެ އަނދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު