ޚަބަރު

މަގުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މީހާއަކީ ކާކުކަން ދެނެގަނެވިއްޖެ: ފުލުހުން

ރިފާ ހަލީލު

1

މާފަންނު މުރަނގަ މަގުގައި ހުންނަ ބީޖީ ގަރާޖު ސަރަހައްދު މަގުމައްޗަށް ވެއްޓިފައިވަނިކޮށް އައިޖީއެމްއެޗަށް ގެންދިޔަ މީހާއަކީ ކާކުކަން މިހާރު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނި ގޮތުގައި، އޭނާ މަގުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނީ ރޭ އިރާކޮޅެވެ. ނަމަވެސް އެއީ ކާކުކަން ނޭނގޭތީ، އޭނާ ދެނެގަތުމަށް ފުލުހުން އާންމުންގެ އެހީއަށްވެސް އެދުނެވެ.

ފުލުހުން މިއަދު ހެނދުނު ބުނީ މަރުވި މީހާއަކީ ކާކުކަން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. އެއީ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާގެ އާއިލާގެ އެއްބާރުލުން ފުލުހުންނަށް މިހާރު ލިބެމުންދާ ކަމަށްވެސް ބުންޏެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ މީހާ އަކީ ޅ. ހިންނަވަރު، އާރާމްގެ، މުހައްމަދު އިބްރާހީމެވެ. އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެންކަންވެސް އެނގިފައިވެއެވެ.