ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ކ. މާފުއްޓަށް މިއަދު ވަޑައިގަތުމުން އެރަށުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސްގެ ދެކަނބަލުން މާފުއްޓަށް ވަޑައިގެންނެވީ، އެރަށު ކައުންސިލުގެ ދައުވަތަކަށް އެރަށުގައި ފާހަގަކުރާ ކުޑަ އީދުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމުގެ ގޮތުންނެވެ. އެގޮތުން އެ ދަތުރުފުޅުގައި މާފުށީ ކައުންސިލުން ދެއްވި މިއަދު މެންދުރުގެ ފަރީއްކޮޅަށް ރައީސްގެ ދެކަނބަލުން އިންސާފުކުރެއްވިއެވެ.
އީދު ނަމާދަށްފަހު ރަށުގެ ރައްޔިތުންނަށް ބާއްވާ ހެނދުނުގެ ސައިން އީދުގެ ހަރަކާތްތައް މާފުށީގައި ފެށި އިރު، އެކިއެކި ހަރަކާތްތައް މިއަދު އެރަށުގައި ކުރިއަށްދާނެއެވެ. އަދި މިރޭ އެރަށުގައި ހަވާ އަރުވާ އިރު، މަޝްހޫރު ފަންނާނުންނާއެކު އީދު ޝޯއެއްވެސް އޮންނާނެއެވެ.
މާފުށީ ކައުންސިލުން ބުނީ އީދު ދުވަހު، އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ ބިގާރަން ސްޕޯޓްސް ކްލަބުގެ ފަރާތުން އާންމުންނަށް ހުޅުވާލައިގެން ކުޅިވަރުތަކެއްވެސް ބާއްވާނެ ކަމަށެވެ.
މިއަހަރު މާފުށީގައި ކުރިއަށްގެންދާ އީދުގެ ހަރަކާތްތައް ރާވަން މާފުށީ ކައުންސިލުން ހަވާލުކޮށްފައިވަނީ ލިކަމެކް ޕްރައިވެޓް ލިމިޓެޑާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު