ހިޔާ ފްލެޓް ސަރަހައްދުގައި ޕިއްޒާ ބޯނާގެ އައުޓްލެޓެއް ހުޅުވައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ޕިއްޒާ ބޯނާގެ އައުޓްލެޓް ހުންނާނީ ހިޔާގެ 15 ވަނަ ޓަވަރުގައި ކަމަށެވެ. އެތަން ހަދާފައިވަނީ ޑައިންއިންވެސް ކުރެވޭ ގޮތަށެވެ.
ހިޔާ ފްލެޓްތަކުގައި މިހާރުވެސް 15،000 އެއްހާ މީހުން ދިރިއުޅެމުން އަންނަ އިރު، އެތަނުގައި އާއްމު ދިރިއުޅުމަށް ބޭނުންވާ ގިނަ ވަސީލަތްތައް އަދިވެސް ފުރިހަމައެއް ނުވެއެވެ.
ނަމަވެސް އެޗްޑީސީން ދަނީ ހިޔާ ފްލެޓްތަކުގެ ޓަވަރުތަކުގެ ގްރައުންޑް ފްލޯއިން ފިހާރަތައް ހެދުމަށް ތަންތަން ދޫކުރަމުންނެވެ. އެގޮތުން ހިޔާ ސަރަހައްދުގައި މިހާތަނަށް ދިހަ ފިހާރައެއް ހުޅުވައި ހިދުމަތް ދޭން ފަށާފައިވާ އިރު،
އިތުރު މާޓުތަކާއި ސުޕަމާކެޓްތައް ހިޔާ ސަރަހައްދުގައި ވަރަށް އަވަހަށް ހުޅުވާނެއެވެ.
އޭގެ އިތުރުން އަންނައުނު ފިހާރަތަކާއި ރީތިވާ ސާމާނު ވިއްކާ ފިހާރަތަކާއި ފޮޓޯ ސުޓޫޑިއޯ އާއި ޕްރިންޓުކުރާ ތަންތަނާއި ޖިމަކާއި ސާވިސް ސެންޓަރާއި ބޭސްފިހާއާ ކާބޯތަކެތީގެ ހިދުމަތް ލިބޭ ތަންތަން ހުޅުވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު