މިއަހަރުގެ ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ހޯމް މިނިސްޓްރީން މާލޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ، "ކޮއްކޮމެންގެ އީދު 1443" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމާފައިވާ ކަމަށާއި އެ ހަރަކާތް އޮންނާނީ ވަޅު އީދު ދުވަހުގެ ހަވީރު ރަސްފަންނުގައި ކަމަށެވެ.

ކުޑަކުދިންގެ ހަވީރު ކުރިއަށްދާނީ އަންނަ އަންގާރަ (ވަޅު އީދު) ގެ ހަވީރު 4:00 އިން 6:00 އަށެވެ.

އެ ހަވީރުގައި، ކުޑަކުދިންނަށް ހާއްސަކޮށްގެން އެކިއެކި ހަރަކާތްތައް ބާއްވާނެއެވެ. އަދި މުނިފޫހިފިލުމުގެ ހަރަކާތްތައްވެސް ކުރިއަށްގެންދާނެއެވެ.

މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.