ޚަބަރު

ދ. މީދޫ ބަނދަރު މަޝްރޫއަށް ބޭނުންވާ ކޮންކްރީޓު ގަލުގެ ތިންވަނަ ޝިޕްމަންޓް އެރަަށަށް ގެންގޮސްފި

ރިފާ ހަލީލު

ދ. މީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް އެރަށަށް ގެންގޮސްފި އެވެ.

މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން އެމަސައްކަތުގެ ކޮންޓްރެކްޓަރު. އެމްޓީސީސީން ބުނީ މީދޫ ބަނދަރުގެ އެއްގަމުތޮށި ލުމަށްޓަކައި ގާ އެތުރުމުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިން ވަނަ ޝިޕްމަންޓް އެރަށަށް ގެންގޮސްފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި 373 މީޓަރުގެ ބޭރުތޮށި ލުމާއި 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 294 މީޓަރުގެ އެއްގަމުތޮށި ލުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 1,470 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 34.07 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.