ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 65 ޕަސެންޓް ނިމިއްޖެ އެވެ.
ހަނިމާދޫ ބަނދަރު މަޝްރުއުގެ މަސައްކަތް ކުރިއށްދާ ގޮތް ހިއްސާކުރަމުން އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން މިއަދު ބުނީ، އެ މަޝްރޫއުގެ މަސައްކަތުގެ 65 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށާއި އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 98 ޕަސެންޓް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 53,522.50 ކިއުބިކް މީޓަރުގެ އާ ހާބަރ ބޭސިން ފުންކުރުމާއި 31,575.50 ކިއުބިކް މީޓަރުގެ ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރުމާއި 355 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން ހިމެނެއެވެ.
މީގެ އިތުރުން 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 270 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ.
ހަނިމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަގަކީ 64.6 މިލިއަން ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު