ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސްބްރަމަންޔަމް ޖައިޝަންކަރާ ބައްދަލުކުރައްވައިފި އެވެ.
އިންޑިއާގެ ނިއު ދިއްލީގައި ހުންނަ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައި އިއްޔެ ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގެ ފޮޓޯތައް ހިއްސާކުރައްވަމުން ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑރ. ޖައިޝަންކަރަކީ ވަރަށް ހިކުމަތްތެރި ބޭފުޅެއް ކަމަށެވެ. އަދި ޖައިޝަންކަރާ ބައްދަލުވެވުނީތީ އުފާ ކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދާއެކު ނަންގަވާފައިވާ ފޮޓޯއާއެކު ޑރ. ޖައިޝަންކަރު ދިވެހި ބަހުން ކުރެއްވި ޓުވީތެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ބައްދަލުވުމުން ވަރަށް އުފާ ކުރައްވާ ކަމަށެވެ.
އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުމަށް އަބަދުމެ ކެނޑިނޭޅިދެެއްވާ އެއްބާރުލުމުގެ އަގު ވަޒަންކުރައްވާ ކަމަށްވެސް ޑރ. ޖައިޝަންކަރު ވަނީ ވިދާޅުވެފަ އެވެ. އަދި ރައިސީނާ ޑައިލޮގުގައި ނަޝީދު ދެއްވާ ހިތޯބަށް އިންތިޒާރު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައިސީނާ ޑައިލޮގަކީ އިންޑިއާގެ ހާރިޖީ ސިޔާސަތާއި ޖިއޯއިކޮނޮމިކްސްގެ އެންމެ ބޮޑު ކޮންފަރެންސެވެ.
ޚަބަރު
ޚަބަރު
ޚަބަރު