ޚަބަރު

ވެލިދޫ ދޯނި އެހެލާ ސަރަހައްދުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފަށައިފި

އަލީ ޔާމިން

ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ، ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 3.48 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 255 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ.

މި މަޝްރޫއަކީ 18.25 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 280 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.